އޮޕަރޭޝަނެއް ހިންގައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި

މާލެ އަދި ހުޅުމާލޭގައި އޮޕަރޭޝަނެއް ހިންގައިގެން ދިވެހި ފުލުހުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ. މިކަން ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ސީޕީ ހަމީދު ވިދާޅުވީ ފުލުހު...

08 Jan 2023 | 06:35

މާލެ އަދި ހުޅުމާލޭގައި އޮޕަރޭޝަނެއް ހިންގައިގެން ދިވެހި ފުލުހުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފިއެވެ.

މިކަން ހާމަކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ކައުންޓަރ-ނާކޮޓިކްސް ޓީމުން އިއްޔެ ހިންގި ކާމިޔާބު އޮޕަރޭޝަނެއްގައި ހުޅުމާލެއިން ތަނަކާއި މާލެއިން ހަތަރު ތަނެއް ބަލާ ފާސްކުރި ކަމަށެވެ. ހަތަރު މީހަކު ހައްޔަރު ކުރެވުނު ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި 11.26 ކިލޯގެ ކެނެބިސްވެސް އަތުލައިގަނެވުނު ކަމަށް ސީޕީ ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް