2013ގައި 6،000 ވޯޓުން އެމްޑީޕީ ބަލިވުމަކީވެސް ވިސްނަން ޖެހޭ ކަމެއް: ރައީސް ސޯލިހް

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން 6،000 މީހުންގެ ވޯޓު ނުލިބިގެން އެމްޑީޕީ ބަލިވުމަކީވެސް ވިސްނަން ޖެހޭ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިހް މިހެނ...

08 Jan 2023 | 05:03

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން 6،000 މީހުންގެ ވޯޓު ނުލިބިގެން އެމްޑީޕީ ބަލިވުމަކީވެސް ވިސްނަން ޖެހޭ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ، މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ނ. ވެލިދޫއަށް ވަޑައިގެން ބޭއްވި ކެމްޕޭނު ބައްދަލުވުމުގައެވެ.

އެގޮތުން މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ މެމްބަރުންގެ ހުރިހާ ވިސްނުމެއް ބަހައްޓަން ޖެހޭނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވާނެ ގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން 6،000 މީހުންގެ ވޯޓު ނުލިބިގެން އެމްޑީޕީ ބަލިވުމަކީވެސް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

އަދި މަސައްކަތް ކުރަންޖެހޭނީ އެކަން ތަކުރާރު ނުވާނޭ ގޮތަކަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ޞާލިހް ވަނީ ދެހާސް ތޭރަވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރު އެމްޑީޕީގެ ވެރިކަމެއް ޤާއިމްކުރެވެންދެން އޮތީ އަނިޔާވެރި ވެރިކަމެއްކަން ފާހަގަ ކުރައްވާފައެވެ.

މިގޮތުން އެ އަނިޔާވެރި ކަމަށް އަނބުރާ ނުގޮސްވާން އޮތީ ތަފާތު ފިކުރުތަކާއެކު މަސައްކަތްކޮށް އެފަދަ ތާއީދެއް އޮތް ވެރިޔަކު ހޮވައިގެން ކަމަށާއި އަދި އެއީ އެމަނިކުފާނު ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.

މިއީ ފަހުގެ ތާރީހެއްގައި ވެސް އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ވާދަވެރި އިންތިހާބެވެ. މި އިންތިހާބުގައި ވާދަކުރައްވަނީ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް