ހެނދުނުގެ ވަގުތަކީ ދުވަހުގެ އެންމެ މުހިއްމު ވަގުތުތަކެވެ. ނިދިން ހޭލުމަށްފަހު ދުވަހުގެ މަސައްކަތާއިގެން ކުރިޔަށްދާން ޖެހޭ ވަގުތުކަމުގައިވިޔަސް ހޭލުމަށްފަހު ހަރަކާތްތެރިވެއުޅުމުގެ ކުރިން ކުރުން ރަނގަޅު ކުދި ކުދި ކަންތައްތަކެއް ހުރެއެވެ.
ނިދިން ހޭލުމަށްފަހު ފެން ފޮދެއް ބުއިމަކީ ހެނދުނު ކުރާ ފުރަތަމަ ކަމަކަށް ހެދުން އެންމެ ރަނގަޅު އެއްކަމެވެ. ފެން ބުއިމަކީ ހަށިގަނޑުގެތެރެ ސާފުކޮށްދީ ހަކަތަ ލިއްބައިދޭ ކަމެއްކަމުގައި ވެއެވެ. އެގޮތުން ފަތިސް ނަމާދު ކުރުމުގެ ކުރިންވެސް ފެންބޯން ވާނެއެވެ. އެކަމަކީ ތިބާގެ ސިކުނޑިއަށް ‘ވޭކްއަޕް މެސެޖެއް’ ފޮނުވާނެ ކަމެއް ކަމުގައިވާތީއެވެ.
ނިދުމަކީ ސިކުނޑި ތާޒާކޮށްދީ ހަށިގަނޑު ފަރުމާކޮށްދޭ ކަމެއްނަމަވެސް ނިދީފީގައި އޮވެވޭ ގޮތަކުން ހަށިގަނޑަށް ހަރަކާތްތެރިކަން ބޭނުންވެއެވެ. އެގޮތުން ހެނދުނު ކުޑަކުޑަކޮ ށްހުރިހާ ގުންވަންތަކަކަށް ކަސްރަތެއް ދިނުމަކީ ކުރުން މުހިއްމު ކަމެކެވެ.
ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން ރަނގަޅު ނާސްތާއަކުން ދުވަސް ފެށުމަށް މަސައްކަތްކުރެވިދާނެއެވެ. ދުވަސް ކުރިއަށް ދާނެ ގޮތް ނިންމުމުގައި ހެނދުނުގެ ނާސްތާވެސްދައުރެއް އަދާކުރެއެވެ. އެހެންމަކުން ވަގުތުކޮޅެއް ނަގައިގެން ރަނގަޅު ނާސްތާއެއް ތައްޔާރުކޮށް އާއިލާއާއިއެކު ނާސްތާ ކޮށްލުމަކީ އެންމެ ރަމގަޅުގޮތެވެ. ސަބަބަކީ ރަނގަޅުނާސްތާއަކުންލިބޭ ހަކަތައިގެ އިތުރުން އާއިލާއާއެކު ވަގުތު ހޭދަކޮށްލެވުމުން ލިބޭ އުފާވެރިކަން ދުވަސް ފަށަމުން ލިބޭނެތީއެވެ.
ދުވަހުގެ ކުރީކޮޅު އެ ދުވަހެއްގައި ކުރަން އެދޭ ކަންކަމާއި މެދު ވިސްނާލައި ވިސްނުމުގައިނަމަވެސް ތާވަލެއް ހަދާލަންވާނެއެވެ. މިކަމަކީ ދުވަސް ބޭނުންތެރި ގޮތުގައި ހޭދަކޮށްލުމަށްމަގުފަހި ކޮށްދޭނެކަމެކެވެ. އެގޮތުން ދުވަސް ފެށުމުގައި 20 މިނެޓްވަރު ވިސްނާލުމަށާއި އައު އިލްމެއް ދަސްކޮށްލުމުގައި ނުވަތަ އެއްޗެއް ކިޔާލުމުގައި ހޭދަކުރުމަކީ ކާމިޔާބުވެރިންގެއާދައެކެވެ. އަދި ހެނދުނު ކުރުމުން މުޅި ދުވަހަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއްވެސްމެއެވެ.
މިކަންކަމަކީ ކުދި ކުދި ކަންކަން ކަމުގައިވީނަމަވެސް ދުވަސް ފެށުމުގައި ކޮށްފިނަމަ މީހާގެ މޫޑް ރަނގަޅުކޮށް ކާމިޔާބު ދުވަހަކަށް މަގުފަހި ކޮށްދޭނެ ކަންކަމެވެ. އިނގެރޭސިބުނުމުގައިވާ ފަދައިންނެވެ.’އިފް ޔޫ ވިން ދަ މޯރނިންގް ޔޫ ވިން ދަ ޑޭ’ ހެނދުނު ކާމިޔާބު ކުރެވިއްޖެނަމަ މުޅި ދުވަސް ކާމިޔާބުވާނެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް