އަތިޔާ ޝެޓީގެ ކައިވެނި އޮތީ ބައްޕަ ސުނިލްގެ ގަނޑުވަރެއް ފަދަ ގޭގައި!

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީގެ ކައިވެނި ކުރުމަށް ހަމަޖައްސާފައިވަނީ އެމީހުންގެ ގަނޑުވަރެއްފަދަ އާއިލީ ގޭގައި ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އަތިޔާ ރައްޓެހިވެގެން ...

08 Jan 2023 | 04:27

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީގެ ކައިވެނި ކުރުމަށް ހަމަޖައްސާފައިވަނީ އެމީހުންގެ ގަނޑުވަރެއްފަދަ އާއިލީ ގޭގައި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އަތިޔާ ރައްޓެހިވެގެން އުޅެނީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ ކޭއެލް ރާހުލް އާއި އެވެ. ދެ މީހުންގެ ކައިވެނި އޮންނާނީ މިމަހުގެ 21-23 އަށެވެ.

އާއިލާ އާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ދެމީހުންގެ ކައިވެނި ކުރަނީ ދެފަރާތު އާއިލާ އާއި ބޮލީވުޑް އަދި ކްރިކެޓްގެ ވަރަށް ސީނިއާ މީހުން ބައިވެރިވާ ވަރަށް ސިއްރު ހަފްލާއެއްގައި އެވެ. އެ ހަފްލާގައި ބޮލީވުޑްގެ އެހެން ކައިވެނިތަކެކޭ އެއްގޮތަށް ގަވައިދުތަކެއް އަމަލު ކުރަން ހަދާފައިވެ އެވެ.

އަތިޔާ އާއި ރާހުލްގެ ކައިވެންޏަކީ ސައުތް އިންޑިއަން ސްޓައިލްގައި ބާއްވާ ކައިވެންޏެވެ. ކައިވެންޏަށް ފަހު ރެޑް ކާޕެޓް އިވެންޓަކާއި އެކު ގިނަ އަދަދެއްގެ ބަޔަކަށް ދައުވަތު ދީގެން ބާއްވާ ހަފްލާއެއް އޮންނާނެ ކަމަށްވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ސުނިލްގެ ގެއަކީ ޖާގަ ބޮޑު ކައިވެނި ހަފްލާތަކަށް އެންމެ އެކަށޭނެ މާހައުލެއް އޮތް ގެއެކެވެ. އެ ގެއަކީ ފަރުބަދަމަތީ ސަރަހައްދެއްގައި ހަދާފައިވާ ގުދުރަތީ ރީތިކަން ގޯތިތެރެއިން ފެންނަ ގޮތަށް ހަދާފައިވާ ގެއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް