ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ އެއްބަސްވުން އައުކޮށްފިއެވެ.
އެންމެ ފަހުން ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބަރާތާއި ހަމައަށް އެއްބަސްވުން ހަމަވެފައިވާ ޑިޝޯމްޕް ފްރާންސްގެ ގައުމީ ޓީމުގެ އެއްބަސްވުން އަލުން އައުކުރީ 2026 ގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބަރާތުގެ ނިޔަލަށެވެ.
އެހެން ކަމުން 2024 ވަނަ އަހަރުގައި ބޭއްވޭ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2026 ވަނަ އަހަރުގައި ބޭއްވޭ ވޯލްޑް ކަޕް މުބާރާތުގައި ފްރާންސްގެ ގައުމީ ޓީމަށް އިރުޝާދު ދޭނީ ޑިޝޯމްޕްއެވެ.
އެހެން ކަމުން ޑިޝޯމްޕުގެ އަމާޒަކަށް ވާނީ 2024 ވަނަ އަހަރުގައި ބޭއްވޭ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2026 ވަނަ އަހަރުގައި ބޭއްވޭ ވޯލްޑް ކަޕް މުބާރާތް ފްރާންސަށް ހޯދިއިދިނުމެވެ.
ފްރާންސް ގައުމީ ޓީމުގެ ކޯޗުކަމާ ޑިޝޯމްޕް ހަވާލުވީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން ޑެޝޯމްޕްސް ވަނީ ފްރާންސްއާއެކު ބޮޑެތި ކާމިޔާބީތަކެއްވެސް ހޯދާފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާއި، 2020-21ގެ ޔުއެފާ ނޭޝަންސް ލީގު ފްރާންސްއަށް ހޯދައިދިނެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕްކަމާއި، 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ރަނަރަޕްކަންވެސް ޑިޝޯމްޕް ވަނީ ފްރާންސް ޓީމަށް ހޯދައިދިފައެވެ.
ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް ވަނީ މިހާތަނަށް 139 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 89 މެޗުން މޮޅުވެ، 22 މެޗުން އެއްވަރުވެފައެވެ. ބަލިވީ އެންމެ 28 މެޗުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް