ސްޕެނިޝް ލީގު: ވިޔަރެއާލް އަތުން ބަލިވެ، އެއްވަނައަށް އަރަން ލިބުނު ފުރުސަތު ރެއާލް އިން ގެއްލުވާލައިފި

ސްޕެނިޝް ލީގުގައި ރޭ ވިލަރެއާލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ތާވަލްގެެ އެއް ވަނަ މަޤާމަށް އަރަން ލިބުނު ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ނަގާލައިފި އެވެ. ރަށުން ބޭރުގައި ވިޔަރެއާލ...

08 Jan 2023 | 03:43

ސްޕެނިޝް ލީގުގައި ރޭ ވިލަރެއާލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ތާވަލްގެެ އެއް ވަނަ މަޤާމަށް އަރަން ލިބުނު ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ނަގާލައިފި އެވެ.

ރަށުން ބޭރުގައި ވިޔަރެއާލް އާއި ދެކޮޅަށް ކުޅުނު މި މެޗުން ރެއާލް ބަލިވީ 1-2 ގެ ނަތީޖާއިންނެވެ.

މިއީ މި ސީޒަނުގައި ރެއާލް ބަލިވި ދެވަނަ މެޗެވެ. އެޓީމުން މީގެ ކުރިން ބަލިވެފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރަށުން ބޭރުގައި ރަޔޯ ވައެކާނޯ އާއި ދެކޮޅަށް ކުޅުނު މެޗުންނެވެ. މި މެޗުން ރެއާލް ބަލިވެފައިވަނީ 2-3 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗު ފަށައިގެން ރަނގަޅަށް ކުޅެފައިވަނީ ވިޔަރެއާލުންނެވެ. ނަމަވެސް މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެ އޮވެ އެވެ.

ދެޓީމު އެއްވަރެއްގައި އޮވެ މެޗުގެ ދެވަނަ ހާފާއި ކުރިމަތިލިއިރު، ފަހުހާފުގެ ކުޅުން ފެށިގެން ގިނަ އިރުތަކެއް ނުވަނީސް ވިއަރެއާލުން ވަނީ ލަނޑެއް ޖަހައި، މެޗުގެ ލީޑު ނަގައިފަ އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ވިލަރެއާލަށް ލީޑު ނަގައިދިނީ ޔެރެމީ ޕިނޯ އެވެ. އެއީ ޖެރާޑް މޮރެނޯގެ އެހީތެރިކަމާއެކު އޭނާ ޖަހައިދިން ލަނޑެކެވެ. ވިޔަރެއާލްގެ މި ލަނޑަށް ފަހު ރެއާލުން ކުޅުން ރަނގަޅުކޮށް ނަތީޖާނެރުމަށް މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ރެއާލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ރެއާލަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ކަރީމް ބެންޒެމާ އެވެ. ރެއާލުން ނަތީޖާ ހަމަކުރިތާ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއެއްގައި ލަނޑު ޖަހާ ވިއަރެއާލުން ވަނީ ދެ ވަނަފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ވިޔަރެއާލް އަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ޖެރާޑް މޮރޭނޯއެވެ.

މި މެޗުން ބަލިވެ ރެއާލް މިވަގުތު އޮތީ 38 ޕޮއިންޓާއި އެކު ލީގުގެ ދެވަނާގައެވެ. އެޓީމު ދެވަނާގައި އޮތްއިރު، މިވަގުތު އެއްވަނާގައި އޮތް ބާސެލޯނާއަށް ވެސް ޕޮއިންޓް ލިބެނީ ރެއާލް އާއި އެއްވަރަށެވެ. އެއީ 38 ޕޮއިންޓެވެ. ނަމަވެސް އެއްވަނަ ބަސާއަށް ލިބެނީ ފައިދާ ގޯލުންނެވެ. ރެއާލް ކުޅުނު 16 މެޗުން 38 ޕޮއިންޓު ލިބިފައިވާއިރު، ބާސެލޯނާ އަށް ލިބެނީ 15 މެޗުން 38 ޕޮއިންޓް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް