އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު މި މަހު ރާއްޖެ ޒިޔާރަތްކުރައްވާނެކަމުގައި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން ލަންކާގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި މަހުގެ ފަހުކޮޅު ޖައިޝަންކަރުގެ އެ ދަތުރުފުޅުގައި ލަންކާއާއި ރާއްޖެއަށް އޭނާ ޒިޔާރަތްކުރައްވާނެއެވެ. ނަމަވެސް ޖައިޝަންކަރުގެ އެ ދަތުރުފުޅުގެ ތާރީހެއް އަދި އެނގިފައިނުވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ލަންކާގެ ނޫސްތަކުން ފާހަގަކޮށްފައިވާގޮތުގައި ޖައިޝަންކަރުގެ މި ދަތުރުފުޅު ވެގެންދާނީ ލަންކާގެ ރައީސް ކަމާ ރަނިލް ވިކްރަމަސިންހަ ހަވާލުވެވަޑައިގެންނެވިފަހުން ޖައިޝަންކަރު ލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.
މި މަހުގެ ތެރޭގައި ޖައިޝަންކަރު ރާއްޖެ ޒިޔާރަތްކުރައްވާނެކަމުގައި ބެލެވޭއިރު އޭނާ ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައިވެސް ރާއްޖެ ޒިޔާރަތްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް