އެެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމުމުންވެސް ކުރިއަށްދާނީ އެއްކޮށް ކަމަށާއި އެމްޑީޕީއަކީ އެއްބައެއް ކަމަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވެފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ނ. ވެލިދޫއަށް ވަޑައިގެން ބޭއްވި ކެމްޕޭނު ބައްދަލުވުމުގައެވެ.
އެގޮތުން މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ މެމްބަރުންގެ ހުރިހާ ވިސްނުމެއް ބަހައްޓަން ޖެހޭނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވާނެ ގޮތަކަށް ކަމަށެވެ.
އަދި ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރައްވާނެ ކަމަށާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމުމުންވެސް ކުރިއަށްދާނީ އެއްކޮށް ކަމަށާއި އެމްޑީޕީއަކީ އެއްބައެއް ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
ވެރިކަން ކުރައްވާނީ އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވައި ކަމަށާއި އެކަން އެގޮތަށް ކުރެއްވޭނެ ކަމުގެ ޔަގީންކަންވެސް އެބައޮތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވަނީ ޕްރައިމަރީ ނިމުމާއެކު އެމްޑީޕީ އެކުގައި މަސައްކަތް ކުރެވޭނެ ވިސްނުމެއްގައި ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ސަޕޯޓަރުންގެ އަރިހުން އެދިލައްވާފައެވެ.
ރިޔާސީ ޕްރައިމަރީ ނިމުމުންވެސް ކުރިއަށްދާނީ އެއްކޮށް ކަމަށާއި އެމްޑީޕީއަކީ އެއްބައެއް ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވާއިރު މިއީ ފަހުގެ ތާރީހެއްގައި ވެސް އެ ޕާޓީގެ އެތެރޭގައި ބޭއްވޭ އެންމެ ވާދަވެރި އިންތިހާބެވެ.
އަދި މި އިންތިހާބުގައި ވާދަކުރައްވަނީ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް