ޕޮޒިޓިވް އަދަދުތައް ދަނީ މައްޗަށް - މިއަދު 337

ފާއިތުވި 24 ގަޑި އިރު ރާއްޖެއިން އިތުރު 337 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ) އިން ޢާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަދު ޕޮޒިޓުވ337 މީހުންގެ ތެރ...

08 Jan 2022 | 17:27

ފާއިތުވި 24 ގަޑި އިރު ރާއްޖެއިން އިތުރު 337 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ) އިން ޢާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަދު ޕޮޒިޓުވ337 މީހުންގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވް ވީ މީހުންނެވެ. އެގޮތުން މާލެ ސަރައްހައްދުން 101 މީހުން ޕޮޒިޓިވްވެފައިވަ އިރު، ރަށްރަށުން 129 މީހުންނާއި ރިސޯޓްތަކުން 99 މީހެއް އަދި ސަފާރީތަކުންވަނީ 2 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ 97،668 އަށް އަރާފައެވެ.

3300 މީހަކު މިބައްޔަށް ފަރުވާ ހޯދަމުން އަންނައިރު، އޭގެތެރެއިން 15 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާ އިރު، ފާއިތުވި 24 ގަޑިއިރު 123 މީހުން މި ބަލިން ރަނގަޅުވެފައިވާ އިރު، 94091 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5،361 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ރާއްޖެއިން މި ބަލީގައި މިހާތަނަށް 264 މީހަކު ވަނީ ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް