ގާފަރު އައިސް ޕްލާންޓް ހިންގުން މިފްކޯ އާއި ހަވާލުކޮށްފި

ކ. ގާފަރުގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސް ޕްލާންޓް ހިންގަން މިފްކޯ އާ ހަވާލުކޮށްފިއެވެ. އެރަށުގައި ސަރުކާރުން ޤާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ހިންގަން މިފްކޯއާއި ހަވާލު ކޮށްފައިވަނީ ...

08 Jan 2022 | 11:40

ކ. ގާފަރުގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސް ޕްލާންޓް ހިންގަން މިފްކޯ އާ ހަވާލުކޮށްފިއެވެ.

އެރަށުގައި ސަރުކާރުން ޤާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ހިންގަން މިފްކޯއާއި ހަވާލު ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އަދި މިހާރު އެ އައިސް ޕްލާންޓުން ދަނީ ޚިދުމަތް ފޯރު ކޮށްދެމުންނެވެ.

ގާފަރުގައި ޤާއިމުކުރި އައިސްޕްލާންޓް ހުޅުވީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެ ރަށުގައި ކުލަގަދަކޮށް ފާހަގަ ކުރި މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުގައި އައިސް ޕްލާންޓް ހުޅުވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގައި ދުވާލަކަށް އުފެއްދެނީ 1،600 ޓަނުގެ އައިސް އެވެ. ނަމަވެސް މި ސަރުކާރުން މިހާތަނަށް އިތުރު 225 ޓަނުގެ އައިސް އުފެއްދޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. މިގޮތުން މިއަހަރުގެ މަސްވެރިންގެ ދުވަހުގައި ވެސް ސަރުކާރުން ހަތަރު އައިސް ޕްލާންޓެއް ހުޅުވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް