ޕީޕީއެމް މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރުހައްޔަރުގައި ތިބީ ދެމީހުން

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރުހައްޔަރުގައި ތިބީ ދެމީހުން ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ރާއްޖޭގައި ތިބި އ...

08 Jan 2022 | 11:29

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރުހައްޔަރުގައި ތިބީ ދެމީހުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅު ޕީޕީއެމް އިން ކުރަމުންދާ ސިލްސިލާ މުޒާހަރާގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ އެއްވުމުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ބަންދުގައި މިހާރުތިބީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތު ކުރެވޭ ދެމީހުން ކަމަށެވެ.

ޕީޕީއެމް އާއި ޕީއެންސީގެ އޮފީސް ކުރިމަތިން އިއްޔެ ހަވީރު ފެށި މުޒާހަރާގައި ބައިވެރިވި އިދިކޮޅު ކޯލިޝަނުގެ ސަޕޯޓަރުން ވަނީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އަޑުއުފުލާފައެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވީ ކަމަށް ބުނެ، އެ ހަރަކާތުގެ ތެރެއިން އިއްޔެ 29 މީހަކު ހައްޔަރުކޮށްފައި ވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އޭގެ ތެރެއިން ދެ މީހެއް ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާ ކަމުގައެވެ. އަދި އެ ދެ މީހުންގެ ތެރެއިން އެކަކީ ފުލުހަކަށް ހަމަލާދިން މީހެއް ކަމުގައި ވިދާޅުވެފައި ވެއެވެ.

"އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅު ޕީޕީއެމް އާއި  ޕީއެންސީން ފޯރިއާއި އެކު ކުރިއަށް ގެންދާ މި ހަރަކާތަށް  ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން ދަނީ ފާޑުކިޔަމުންނެވެ. މިހާތަނަށް "އިންޑިއާ އައުޓް" ކެމްޕެއިނަށް ތާއީދު ނުކުރާކަން ހާމަ ކުރި ސިޔާސީ ޕާޓީތަކުގެ ތެރޭގައި އެމްއާރުއެމް، އެމްއެންޕީ، ޖޭޕީ، އަދާލަތު ޕާޓީ އަދި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް