ޗައިނާޔާއެކު މި ސަރުކާރުން މިއަދު ފަސް އެއްބަސްވުމެއްގައި ސޮއިކުރާނެ

ދިވެހިރާއްޖެ އާއި ޗައިނާއާއި ދެ ޤައުމުގެ ދެމެދުގައި ގިނަ ދާއިރާ ތަކަކުން ގުޅުން ބަދަހިކުރުމަށް 5 އެއްބަސްވުމެއްގައި މިއަދު ސޮއިކުރާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މި އެއްބަސްވުންތަކުގައ...

08 Jan 2022 | 08:33

ދިވެހިރާއްޖެ އާއި ޗައިނާއާއި ދެ ޤައުމުގެ ދެމެދުގައި ގިނަ ދާއިރާ ތަކަކުން ގުޅުން ބަދަހިކުރުމަށް 5 އެއްބަސްވުމެއްގައި މިއަދު ސޮއިކުރާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށްދާނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ވާންގް ޔީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބާއްވަވާ ދެޤައުމުގެ ރަސްމީ މަޝްވަރާތަކަށް ފަހުއެވެ.

މި މަޝްވަރާތަކުގައި ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެން އެކި ދާއިރާތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން ހާމަ ކުރާ ގޮތުގައި ދެ ޤައުމުގެ ދެމެދުގައިި އެއްބަސްވުން އެކުލަވާލަން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި، ސިއްޙީ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާއާއި އަދި ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދިނުމުގެ އެއްބަސްވުން ހިމެނެއެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ވަޑައިގެންނެވީ، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިދިޔަ މަހު ޗައިނާއަށް ކުރެއްވިި ދަތުރުފުޅުގައި ދެއްވި ދައުވަތަކަށެވެ.

ޗައިނާގެ ފޮރިން މިނިސްޓަރަށް މަރުޙަބާ ދަންނަވައި، ދެޤައުމުގެ ދެމެދު ބާއްވަވާ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާ ޢަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަތީ އިއްޔެ ހެނދުނުއެވެ.

މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާ ވެސް ޗައިނާގެ ފޮރިން މިނިސްޓަރު ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް