ކަޒްމިކް އިންޓަރނޭޝަނަލް އިން އުފައްދާފައިވާ ކްރިމް ވެން ސީރީޒް "ދަރަކަ"އިގެ ޓީޒަރ ނެރުމާއެކު ބެލުންތެރިން ދެން ބޭނުންވީ އޭގެ ކާސްޓުންނަކީ ކޮބައިތޯ ބަލާށެވެ.
ޖުމްލަ އަށް އެޕިސޯޑުގެ މި ސީރީޒްގެ ޝޫޓިންގ އެއްކޮށް މިހާރުނިމިފައިވާ އިރު، ”ދަރަކަ“ގެ މެއިން ޕޯސްޓަރާ ކެރެކްޓަރ ޕޯސްޓަރުތައް ވެސް މިހާރުވަނީ ޢާންމުކޮށްފައެވެ.
މީގެ ކުޑަދުވަސްކޮޅެއް ކުރިން ޢާންމުކޮށްފައިވާ ޕޯސްޓަރާއި ކާސްޓުންގެ ޕޯސްޓަރުތަކާއެކު ސީރީޒް ޑައިރެކްޓްކުރި އަޒްހާން އިބްރާހިމް ބުނެފައިވަނީ މި ހުނަރުވެރި އެކްޓަރުުންނާ އެކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިއްޖެ ކަމަށެވެ. އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ.
އެހެންކަމުން އިންތިޒާރުގައި ތިބި ބެލުންތެރިންނަށް އަނެއްކާ ވެސް މިވަނީ އިތުރަަށް ނޭވާ ހިފަހައްޓާލަން ޖެހިފައެވެ. މި ސީރީޒް ދައްކާނީ ކޮން ޕްލެޓްފޯމަކުން ކަމާއި ދައްކަން ފަށާނީ ކޮން ދުވަހަކުންކަން ހާމަކޮށްފައި އަދިނުވާތީ މިއީ ބެލުންތެރިންނަށް އަނެއްކާ ވެސް އިތުރު ސަސްޕެންސަކަށްވާނެއެވެ.
”ދަރަކަ“ ސީރީޒްގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ވާޝިޔާ، އިފްނާޒް އަދި ”ގަމިނި“ ސީރީޒުން ގިނަބައެއްގެ މަގުބޫލުކަން ހޯދި ސޫޒަން އިބްރާހިމްފުޅު ހިމެނެއެވެ. އަދި އިބްރާހީމް ޖިހާދު (ޖިމީ)، ޢާއިޝަތު ޢަލީ، ދޮނާ، އަފްރާހް ވެސް މައިގަނޑު ރޯލުތަކުން ފެންނާނެކަމަށް ބެލެވެއެވެ.
ސޫޒަން މި ސީރީޒްގައި ފެންނާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ރޯލުންކަން ކުރިން ޢާންމުކޮށްފައިވާ ޓީޒަރ އިން ފެނެއެވެ. އޭނާއަކީ ފިލްމީ މަސައްކަތްތަކުން މިހާރުފެންނަން ފަށާފައިވިޔަސް ވަރުގަދަ ސިޔާސީ ހަރަކާތްތެރިއަކަށް ވާތީ، މި ސީރީޒްގައި ސޫޒަންގެ ރޯލު ވަރަށް ފުރިހަމައަށް ދައްކާލާނެ ކަމަށް ޤަބޫލުކުރެވެއެވެ.
ބެލުންތެރިން ތިބީ މި ފަންނާނުންގެ ހުނަރުތައް ބަލައިލުމަށް ކެތްމަދުވެފައެވެ.
”ދަރަކަ“ގެ ޕްރޮޑިއުސަރުންނަކީ އާސިމް ޢަލީ އާއި އިލްޔާސް ވަހީދު (އިއްލެ) އެވެ.
މުނިފޫހިފިލުވުމުގެ ދާއިރާއިން އައު ހުނަރުވެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން އުފެއްދި ކަޒްމިކް އިންޓަރނޭޝަނަލުން މީގެ ކުރިން ވެސް ވަނީ އައި ފިލްމްސްއާ ގުޅިގެން ”މަޒްލޫމް“ ގެ ނަމުގައި އެންތޮލޮޖީ ސީރީޒެއް ގެނެސްދީފައެވެ. އެ ސީރީޒްގެ 3 ބައި ގެނެސްދީފައިވާއިރު، އެއިންވެސް ވަނީ އާ ފަންނާނުންތަކެއް ތަޢާރަފުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް