ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ކޮމަންޑޫ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށް އެމްޑީޕީ ޓިކެޓުގައި ކޮމަންޑު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) ވިދާޅުވެއްޖެއެވެ.
ރާޝިދުގެ ކެމްޕެއިން އިފްތިތާހުކުރުމަށް ކޮމަންޑޫގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ އެމްޑީޕީއަކީ ކޮމަންޑޫ ރައްޔިތުންނަށް ތަރައްގީ ގެންނާނެ ޕާޓީ ކަމަށާއި އަސާސީ ޚިދުމަތްތައް ގާއިމުކޮށްދޭނީ ވެސް އެމްޑީޕީން ކަމަށެވެ.
އޭނާއަކީ ކޮމަންޑޫއަށް އުފަން ދަރިއަކަށް ނުވި ނަމަވެސް ޒުވާން ދުވަސްވަރު އޭނާއަށް ކޮމަންޑޫ ރައްޔިތުންގެ ކިބައިން ލިބުނީ ލޯތްބާއި ހިތްހެޔޮކަން ކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުން ކޮމަންޑޫއަށް ހިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ރާޝިދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އިރާދަކުރެއްވިއްޔާ ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން ކަމަށާއި އޭނާ ދެމިހުންނާނީ ހުސެންގެ ތަސައްވަރު ދިރުވުމަށް ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރައްވާނީ އިޚްލާސްތެރިކަމާއެކުގައި ކަމަށެވެ.
މީގެ އިތުރުން ކޮމަންޑޫ ދާއިރާގެ ލާބައަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ރާޝިދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް