ޓްރެވެލް އެޖެންސީތަކުން މި މަސް ނިމުމުގެ ކުރިން އަހަރީ ރިޕޯޓް ހުށަނާޅާނަމަ ހުއްދަ ބާތިލު ކުރެވޭނެ ކަމުގައި ޓުއަރިޒަމް މިނިސްޓްރީން އަންގައި އިއުލާނު ކޮށްފި އެވެ.
އެ މިނިސްޓްރީން މި މަހުގެ ދެވަނަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ދަތުރު ރާވައި ހިންގުމާ ބެހޭ ގަވާއިދުގެ (ޓްރެވަލް އެޖެންސީ ހިންގުމާ ބެހޭ ގަވާއިދު) އަށް ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ކުންފުނީގެ އަހަރީ ރިޕޯޓެއް މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހޭ ކަމަށެވެ. މި އަހަރީ ރިޕޯޓު ހުށަނާޅައިފިނަމަ، އެ ކުންފުންޏަކަށް ދީފައިވާ ހުއްދަ ބާޠިލުކުރެވޭނެކަމަށްވެސް އެ މާއްދާގައި ބުނެފައިވާކަމަށާއި މިގޮތުން ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓު 2017 ޖަނަވަރީ 31 ވަނަ ދުވަހުގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވާ ކަމަށެވެ.
2017 ޖަނަވަރީ 31 ގެ ކުރިން، 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށަނާޅުއްވާ ފަރާތްތަކަށް މި މިނިސްޓްރީން ދޫކޮށްފައިވާ ޓްރެވަލް އެޖެންސީ ހިންގުމުގެ ހުއްދަ ބާޠިލުވާނެ ވާހަކަ އާންމުކޮށް އަންގައި އިޢުލާނުކުރާކަމުގައިވެސް އެ މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް