ކަނޑުއުޅަނދުތައް ދެން ދަތުރުކުރަންވާނީ ޓޯޓަލް ލޮސް އިންސުއަރެންސް ޕޮލިސީއެއް އޮވެގެން ކަމުގައި ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފި އެވެ.
ޓްރާންޕޯޓް އޮތޯރިޓީއިން މިހެން ބުނެފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގަ އެވެ.
އެ އިއުލާނުގައި އެ އޮތޯރިޓީ އިން ބުނެފައިވަނީ 2017 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ކަނޑު އުޅަނދުފަހަރު ދަތުރުކުރަންވާނީ "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު" ގެ 39 ވަނަ މާއްދާގެ "ހ" ގައި ބަޔާން ކޮށްފައިވާ އެ އޮތޯރިޓީން ޤަބޫލުކުރާ ހަލް އެންޑް މެޝިނަރީ ހިމެނޭގޮތަށް ޓޯޓަލް ލޮސް އިންޝުއަރެންސް ޕޮލިސީއެއް އުޅަނދުގައި އޮވެގެންކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް