ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަށްޓަކައި މި އޮތޯރިޓީން ދެމުން އައިސްފައިވާ ތިޔަރީ ޓެސްޓް (ސުވާލު ކަރުދާސް) މިއަދުން ން ފެށިގެން އެއްވެސް ކައުންސިލަކުން ދޫނުކުރާނެކަން ޓްރާންސްޕޯޓް އޮތޯރިޓީ އިން އިއުލާނު ކޮށްފި އެވެ.
ޓްރާންޕޯޓް އޮތޯރިޓީން މިކަން ހާމަކޮށްފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހު ނެރެފައިވާ އިއުލާނެއްގައި އެވެ.
އެ އިއުލާނުގައި ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވަނީ މިއަދުން ފެށިގެން މުޅިން އަލަށް ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރާނީ އެ ފަރާތްތަކުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ނިޔަމިކަމުގެ ސަނަދު އެކެއް ނުވަތަ ނިޔަމިކަމުގެ ސަނަދު ދޭއް ފުރިހަމަކޮށްގެން ލިބިފައިވާ ސެޓުފިކެޓުގެ ކޮޕީ ހުށަހެޅުމުން ކަމުގައިވެސް އާންމުކޮށް އަންގައި އިޢުލާން ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް