މަޖީދީ މަގުގެ ހަތަރުވަނަ ސެގްމެންޓް ނިމެންދެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް އަންނާނެ ބަދަލު އިއުލާނު ކޮށްފި

މަޖީދީމަގު މަރާމާތުކުރުމުގެ ހަތަރު ވަނަ ސެގްމަންޓް ނިމެންދެން އެ ސަރަޙައްދުގެ މަގުތަކަށް އަންނަ ބަދަލުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަންސް ކޮމްޕެނީ (އެމްޓީސީސީ) އިން އިއުލާނު ކޮށްފި ...

08 Jan 2017 | 12:13

މަޖީދީމަގު މަރާމާތުކުރުމުގެ ހަތަރު ވަނަ ސެގްމަންޓް ނިމެންދެން އެ ސަރަޙައްދުގެ މަގުތަކަށް އަންނަ ބަދަލުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަންސް ކޮމްޕެނީ (އެމްޓީސީސީ) އިން އިއުލާނު ކޮށްފި އެވެ.

އެމްޓީސީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަޖީދީމަގު މަރާމާތުކުރުމުގެ ހަތަރު ވަނަ ސެގްމަންޓުގެ މަސައްކަތް 29 ޑިސެންބަރު 2016 ގައި ފެށުމަށް ހަމަޖެހިފައިވާތީ، އެ މަސައްކަތް ނިމެންދެން އެ ސަރަޙައްދުގެ މަގުތަކަށް އަންނަ ބަދަލުތަކަށް ބަލާއިރު

29 ޑިސެންބަރު 2016 އިން 4 ޖަނަވަރީ 2017 އަށް، ފަނޑިޔާރުމަގު ހުޅަނގުން އިރަށް، އެއްކޮޅަށް ދުއްވާގޮތަށް ބަދަލުކުރުން އަދި ޗާންދަނީމަގު މަޖީދީމަގާ ގުޅުނު ހިސާބުން ފެށިގެން ޗާންދަނީމަގު ކުދީނާގޯޅިއާ ގުޅުނު ހިސާބަށް ދެކޮޅަށް ދުއްވާގޮތަށް ބަދަލުކުރުން ހިމެނޭ ކަމަށެވެ. އަދި މިކަން އާންމުކޮށް އަންގައި އިޢުލާންކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް