ރިސޯޓަކުން ވަގަށް ނަގާފައިވާ ބޭރު ފައިސާތަކަކާއި ގަހަނާތަކެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި

އދ.އަތޮޅުގެ ރިސޯރޓެއްގެ ގެސްޓްރޫމަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޑޮލަރުތަކަކާއި ގަހަނާތަކެއް ހޯދައި އެތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 34 އަހަރުގެ ދިވެހި...

08 Jan 2017 | 11:49

އދ.އަތޮޅުގެ ރިސޯރޓެއްގެ ގެސްޓްރޫމަކުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޑޮލަރުތަކަކާއި ގަހަނާތަކެއް ހޯދައި އެތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި ޖެނުއަރީ މަހުގެ އެއްވަނަދުވަހުގެރޭ 11:30 ހާއިރު އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ވައްކަމުގެ މައްސަލައަކާއި ގުޅިގެން މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 2017 ޖެނުއަރީ އެއް ވަނަ ދުވަހުގެރޭ 00:50 ހާއިރު އދ.ދިގުރަށުން ކަމަށެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑު ބަލާފާސްކުރިއިރު އޭނާ ލައިގެންހުރި ފަޓުލޫނު ވާއަތްފަރާތު ކުރިމަތި ޖީބުން 1592 ސިންގަޕޫރު ޑޮލަރު ފެނިފައިވާކަމަށާއި އަދި އޭނާ އެވަގުތު ގެންގުޅުނު ދަބަހެއްގެ ތެރެއިން، ވަގަށް ނަފާއިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ގަހަނާތަކެއް ފެނިފައިވާކަމުގައި ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އދ.މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް