ވައިފައި އަށް އެލާޖިކް އަންހެނަކަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެލަވަންސް ދިނުމަށް ކޯޓަރުން ހުކުމް ކޮށްފި

ވައިފައި އަށް އެލާޖިކް އަންހެނަކަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް ދިނުމަށް އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ. ފްރާންސްގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އުމުރުން...

08 Jan 2017 | 09:37

ވައިފައި އަށް އެލާޖިކް އަންހެނަކަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް ދިނުމަށް އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

ފްރާންސްގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އުމުރުން 39 އަހަރުގެ މަރީން ރިޗަރޑް އަށް ދެން ކޮންމެ މަހަކު 615 ޑޮލަރު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް މަޖުބޫރު ވާނެ އެވެ. އަދި ކޯޓުން އެގޮތަށް ހުކުމް ކުރީ ވައިފައިއަށް އެލާޖިކް ވާތީ އޭނާ ގައުމު ދޫކޮށް ދާން ޖެހިފައިވާތީ ކަމުގައިވެސް ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެ އެވެ.

އެ އަންހެން މީހާއަށް ދިމާވެފައިވާ ހާލަތަކީ އައު ހާލަތެއް ނޫނެވެ. މި ހާލަތު ދިމާވެފައިވާ އެތައް ބަޔަކު ދުނިޔޭގައި ދިރިއުޅެ އެވެ. އެ ހާލަތަށް ކިޔަނީ "އިލެކްޓްރޯމެގްނެޓިކް ހައިޕަރ ސެންސިވިޓީ" އެވެ. މި ފަދަ ހާލަތްތައް ދިމާވެފައި ތިބޭ މީހުން ވައިފައި ސިގްނަލް ލިބޭ ސަރަހައްދެއްގައި އުޅޭނަމަ ގައިގެ އެކި ތަންތާނގައި ރިއްސާ ކަމަށް ވެ އެވެ.

މަރީން އަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބޭ އެލަވަންސް ދިނުމަށް ކޯޓުން ހުކުމް ކުރީ މެޑިކަލް ސެޓްފިކެޓްތަކަށް ބަލައި އެކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް