މާލޭ ގެއެއްގެ ތެރޭގައި ދެމަފިރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ތ ވިލުފުއްޓަށް އުފަން އުމުރުން 50 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ އަންހެނެކެވެ. މި ދެމީހުން މަރުވެފައި އޮއްވާ ފެނުނީ މ ލައިޓް ސިގްނަލް ގޭގެ ފަސްވަނަ ބުރީގަ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަރު ވިދާޅުވީ ގެއެއްގެ ތެރޭގައި ދެމަފިރިއަކު ހަބަރު ހުސްވެފައި އޮއްވާ ފެނުމުން ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. ނަމަވެސް އެ ދެމީހުންގެ ހާލަތު އަދި ކަށަވަރު ނުވާކަމަށް އޮފިޝަރު ވިދާޅުވި އެވެ.
އެ ސަރަހައްދުގައި އުޅުނު ބައެއް މީހުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފުލުހުންނަށް ރިޕޯޓް ކުރީ އެ ކޮޓަރިން ގޮތްނޭނގޭ ވަހެއް ދުވާތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް