އިނގިރޭސިވިލާތުގެ މެލްބޯންގައި އެޕާޓްމެންޓެއް ކުއްޔަށް ދން އިރު އެ އެޕާޓްމެންޓްގައި ހަރުކޮށްފައިވާ ފާހާނާ ތަށީގައި ހަރުކޮށްފައިވާ ސިސްޓަމަކަށް އެއް ޕައުންޑްގެ ކޮއިން އެއް ވައްޓާލައިގެން ނޫނީ ފްލެޝް ނުކުރެވޭގޮތް ހަދައިފި އެވެ.
މި އެޕާޓްމެންޓް ކުއްޔަށް ހިފި މީހާ މި ފާހާނައިގެ ފޮޓޯއެއް ރެޑިޓަށް ލުމަށްފަހު ބުނެފައިވަނީ ލޯންޑްރީއަށް އަދި ފެންބިލަށް ފައިސާ ދައްކަން ޖެހުން އެއީ ރުހި ގަބޫލު ކުރާ ކަމެއް ކަމަށާއި އެހެން ނަމަވެސް ފްލެޝްކުރާ ކޮންމެ ފަހަރަކު ކޮއިން އެއް ވައްޓާލަންޖެހޭ ޖެހުން އެއީ ގަބޫލުކުރަން ދަތި ކަމެއް ކަމަށެވެ.
މި ފޮޓޯ ރެޑިޓްގައި ދައުރު ކުރަމުން ގެންދިޔަ ނަމަވެސް މިއީ އަސްލެއް ކަމާއިމެދު ބައެއް މީހުން ސުވާލު އުފައްދަ އެވެ. އަދި ބައެއް މީހުން އެމީހާގާތު ބުނެފައިވަނީ އެއީ ގާނޫނާއި ހިލާފު ކަމެއް ކަމަށްވާއިރު އެކަން ފުލުހުންނަށް ރިޕޯޓްކުރަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް