މި ކުޑަ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް މެއިން ބައެއް ހަދިޔާ ކުރީ ނަރުހެއް !

ސައުދީގައި ކުޑަކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް މެއިން ބައެއް ހަދިޔާކުރި ނަރުހަކަށް ގިނަ ބަޔަކު ތައުރީފް ކޮށްފި އެވެ. ބަޝްޔާރ އަލް ރާޝިދީ ނަމަކަށް ކިޔާ ކުއްޖަކަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން މޭގ...

08 Jan 2017 | 03:52

ސައުދީގައި ކުޑަކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް މެއިން ބައެއް ހަދިޔާކުރި ނަރުހަކަށް ގިނަ ބަޔަކު ތައުރީފް ކޮށްފި އެވެ.

ބަޝްޔާރ އަލް ރާޝިދީ ނަމަކަށް ކިޔާ ކުއްޖަކަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން މޭގެ ޓްރާންސްޕްލާންޓެއް ހަދަން ޖެހުނެވެ. މިކަން ސައުދީ ނަރުހެއް ކަމަށްވާ އަބީރް އަލް އަންޒީ އަށް އެނގުނީ ޓްވިޓާ މެދުވެރިކޮށެވެ.

އަންޒީ ވަނީ މިކަން އެނގުމުން ސައުދީގެ ޕްރިންސް ސުލްތާން މެޑިކަލް ސިޓީއަށް ގޮސް ލިވަރ ޓްރާންސްޕްލާންޓް ހަދާފަ އެވެ.

އުމުރުން 20 އަހަރުގެ އަންޒީ އަކީ އެ ކުއްޖާއާއި އާއިލީ ގޮތުން އެއްވެސް ގުޅުމެއް އޮތް ފަރާތެއް ނޫންކަމުގައި ސައުދީ ނޫސްތަކުގައި ވެ އެވެ. އަދި އޭނާގެ މެއިން ބައެއް ހަދިޔާކޮށް ކުޑަކުއްޖެއްގެ ފުރާނަ ސަލާމަތްކޮށްދިނީތީ އަންޒީ އަށް އަންނަނީ ތައުރީފް އޮހެމުންނެވެ. ސައުދީގެ ހެލްތު މިނިސްޓްރީންވެސް ވަނީ އަންޒީއަށް ތައުރީފްކޮށް ބަޔާނެއް ނެރެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް