ބޮލީވުޑް ފިލްމުތަކަށް ލޯބިކުރާ އަދި ބޮލީވުޑް ފިލްމުތައް ބަލާ ފަރާތްތަކަށް ނަވާޒުއްދީން ސިއްދީގީގެ ހުނަރު ހުންނާނީ ފިސާރި ރަނގަޅަށް އެނގި ފެނިފަ އެވެ. ނަމަވެސް ނަވާޒުއްދީން ނަށާ މަންޒަރު ފެނިފައި ހުންނާނީ ވަރަށްވެސް މަދުންނެވެ. ސަބަބެއްކަމުގައި އޭނާ ބުނަނީ ނަށަން ނޭނގުމެވެ.
ނަމަވެސް ނަވާޒުއްދީނަށް ނެށުން ނޫންގޮތެއް ނެތެވެ. އެއީ އޭނާ މިހާރު ކުޅެމުން އަންނަ ފިލްމުގައި އޭނާއަށް ނަށަން މަޖުބޫރުވެ އެވެ. ޓައިގަރ ޝްރޮފް އަދި ނަވާޒުއްދީން އެކުގައި ފެނިގެންދާ "މުންނާ މައިކަލް" ގެ މަސައްކަތުގައި ނަވާޒުއްދީން އަންނަނީ ނަށަން ފަރިތަ ކުރަމުންނެވެ. ޓައިގަރ ޝްރޮފް އާއި އެކުގަ އެވެ.
ނަށަން ފަރިތަކުރުމާއި ބެހޭގޮތުން އޭނާ ބުނެފައިވަނީ އޭނާ އަށް އެއްމެ ކުޅަދާނަ ނެށުންތެރިއަކީ ގޯވިންދާ ކަމަށާއި ގޯވިންދާއަކީ އެއްމެނަށްވެސް އެކަށޭނެ ސްޓެޕްސްތަކެއް ނެށުމުގައި ބޭނުންކުރާ ކުޅަދާނަ ތަރިއެއް ކަމަށެވެ. އެއާ ހިލާފަށް ޓައިގަރ ޝްރޮފް ގެ ނެށުމުގެ ވައްޓަފާޅިއަކީ ވަކި ބަޔަކަށް ނޫނީ ދެނެނުގަނެވޭނެ ގޮތެއް ކަމުގައިވެސް އޭނާ ބުނެފައި ވެ އެވެ.
ވިކީ ރަޖާނީ އަދި ސުނިލް ލުއްލާ ޕްރޮޑިއުސްކޮށް ސައްބީރު ޚާން ޑައިރެކްޓްކުރާ މުންނާ މައިކަލް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް