ޝާހްރުކް ޚާން އަދި އޭނާގެ އަންހެނުން ގޯރީ ޚާން އަށް ލިބިފައިވާ ތިން ދަރިންގެ ތެރެއިން އެއްމެ ހަގު ދަރި އަބްރާމް ޚާން އަށް ޓްރީހައުސް އެއް ހަދައިދީފި އެވެ.
ސޯޝަލް މީޑީއާ ޕްލެޓްފޯމް އިންސްޓަގްރާމްގައި ޝާހްރުކް ޚާންގެ އަންހެނުން އެ ޓްރީ ހައުސްގެ ފޮޓޯތައް ޝެއާ ކޮށްފައިވާއިރު އެ ފޮޓޯތަކާއެކު ބުނެފައިވަނީ އެ ދެމަފިރިންނަށް ޓްރީ ހައުސް ތައްޔާރުކޮށްދިނީ މަޝްހޫރު ޕްރޮޑަކްޝަން ޑިޒައިނަރ ސަބޫ ސައިރިލް ކަމަށެވެ.
ޝާހްރުކް އާއި ގޯރީ އަށް މިހާތަނަށް ތިން ދަރިން ލިބިފައިވާއިރު އަބްރާމް އަކީ އެއްމެ ހަގު ދަރި އެވެ. އެއްމެ ދޮށީ ދަރިއަކީ އާރްޔަން ޚާން އެވެ. އާރްޔަންގެ އުމުރަކީ މިހާރު 19 އަހަރެވެ. ދެވަނަ ދަރިއަކީ ސުހާނާ ޚާން އެވެ. ސުހާނާގެ އުމުރަކީ 16 އަހަރެވެ. އަބްރާމް ގެ އުމުރަކީ ތިން އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް