ސަލްމާން ޚާން އަދި ކަޓްރީނާ ކައިފް އެކުގައި ފެނިގެން ދިޔަ އެއްމެ ހިޓް އެއް ފިލްމު ކަމުގައިވާ "އޭކް ތާ ޓައިގަރ" ގެ ސީކުއެލް "ޓައިގަރ ޒިންދާ ހޭ"ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނައިރު މިފިލްމަށް ލޮކޭޝަން ހޯދުމަށް ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު މޮރޮކޯއަށް ގޮސްފި އެވެ.
އޭނާ މޮރޮކޯއަށް ގޮސް ބައެއް ލޮކޭޝަންތައް ބެލުމަށްފަހު ކޮށްފައިވާ ޓްވީޓްތަކުގައި ބުނެފައިވަނީ އެ ފިލްމަށް ރަނގަޅު ލޮކޭޝަންތަކެއް މޮރޮކޯއިން ފެނިފައިވާކަމަށާއި ވަރަށް އަވަހަށް ޝޫޓިން ފެށުމައް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގެ 22 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ އަހަރުތަކަކަށްފަހު ކެޓްރީނާ އާއި ސަލްމާން އަނެއްކާވެސް އެކުގައި ފެނިގެންދާނެ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް