ރިސޯޓެއްގެ ރޫމަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

ރިސޯޓެއްގެ ރޫމަކުން ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ބޭރު ފައިސާތަކެއް ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ހިންމަފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވ...

08 Jan 2017 | 02:54

ރިސޯޓެއްގެ ރޫމަކުން ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ބޭރު ފައިސާތަކެއް ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު ހިންމަފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައާއި ގުޅިގެން ފުލުހުން އެރިސޯޓަށް ގޮސް ކުރި މަސައްކަތުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 19500 ދީނާރާއި 600 ޔޫރޯއާއި 49 ޑޮލަރުގެ އިތުރުން އައިޕެޑް ހޯދާފައިވަނީ އެރިސޯޓްގެ ގެސްޓް ރޫމެއްގެ ތެރެއިން އެރިސޯޓްގެ ބަގީޗާއެއްގެ ތެރެއިން ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި 33 އަހަރުގެ އިންޑިއާ ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު މި މައްސަލައިގެ ތަހުޤީޤަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު އެމީހާ މިހާރު ވަނީ ދޫކޮށްލާފައި ކަމުގައިވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް