މިއީ މިހާރު އެމެރިކާގައި ކުރިއަށްދާ ކޮންޒިއުމަރ އެލެކްޓްރޯނިކް ޝޯ(ސީއީއެސް) ގައި ފްރާންސްގެ ކުންފުންޏަކު ތައާރަފް ކުރި އުފެއްދުމެކެވެ. ސްމާޓް އަސައެކެވެ.
މި އަސާ އުފައްދާފައިވަނީ ހާއްސަ އެހީއާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެތަށް ގޮތަކުން ރައްކާތެރިކަން ލިބިދޭ ގޮތަށެވެ.
މި އަސާ ބޭނުންކުރާ މީހާ ހުންނަ ސަރަހައްދު ވަގުތުން ބަލައިލެވެ އެވެ. އަދި މި އަސާދަނޑި ވެއްޓިއްޖެނަމަ އާއިލާ މެމްބަރުންނަށް އެލާޓް ފޮނުވައިދެ އެވެ. އެ އެލާޓްގައި އަސާ ވެއްޓުނު ސަރަހައްދު އަންގައިދެ އެވެ.
މި އަސާ އުފެއްދި ކުންފުނިން ހާމަކޮށްފައިވާގޮތުގައި މި އުފެއްދުން މި އަހަރުގެ ތެރޭގައި ވިއްކަން ފަށާނެ އެވެ. އަދި މި އުފެއްދުން އުފައްދާފައިވާނީ އާއްމުކޮށް ބޭނުންކުރާ އެއްމެ އާދައިގެ އަސާ ދަނޑި މިސާލަކަށް ބަލައިގެން ކަމުގައިވެސް އެ ކުންފުނިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް