އަށް މީހުންނާއެކު މާލެއިން ފުރައިގެން ތ އަތޮޅަށް ދަތުރުކުރި ދޯންޏެއް ކ ގުޅި ކައިރީ އޮތް ފަރަކަށް އަރައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ސިފައިންގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ރޭގެ ވަގުތެއްގައި މާލެއިން ފުރައިގެން ތ މަޑިފުއްޓަށް ދަތުރުކުރަމުންދިޔަ "ބްލެކް ޕާލް" ނަމަކަށް ކިޔާ 80 ފޫޓުގެ މުދާ އުފުލާ ދޯންޏެއް ފަރަށް އެރުމުން އެ ދޯންޏަށް ސިފައިންގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ.
އެ ދޯނި ފަރަށް އެރިއިރު ދޯނީގައި އަށް މީހުން ތިބި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމުގައި އާޒިމް ވިދާޅުވި އެވެ. އަދި އެ ދޯނި ފުން ކުރުމަށް ސިފައިންގެ ޑައިވަރުންނާއި ކޯސްޓްގާޑް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް