ސްމާޓް ޓޯސްޓަރެއް ލޯންޗް ކޮށްފި - އަގަކީ ހަމަ އެއްމެ 100 ޑޮލަރު

އެމެރިކާގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމުގައިވާ "ގްރިފިން ޓެކްނޮލޮޖީ" އިން ސްމާޓް ޓޯސްޓަރެއް ލޯންޗް ކޮށްފި އެވެ. މި އުފެއްދުން ލޯންޗް ކޮށްފައިވަނީ މިހާރު އެމެރިކާގެ ލަސްވެގަސް ގައި ކުރިއަށްދާ ކޮންޒިއުމަ...

08 Jan 2017 | 02:35

އެމެރިކާގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމުގައިވާ "ގްރިފިން ޓެކްނޮލޮޖީ" އިން ސްމާޓް ޓޯސްޓަރެއް ލޯންޗް ކޮށްފި އެވެ.

މި އުފެއްދުން ލޯންޗް ކޮށްފައިވަނީ މިހާރު އެމެރިކާގެ ލަސްވެގަސް ގައި ކުރިއަށްދާ ކޮންޒިއުމަރ އިލެކްޓްރޯނިކް ޝޯ (ސީއީއެސް) ގަ އެވެ.

މި ޓޯސްޓަރަކީ ބްލޫޓޫތު މެދުވެރިކޮށް ސްމާޓް ފޯނުން ކޮންޓްރޯލް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޓޯސްޓަރެކެވެ. ޓޯސްޓަރަށް ޕާންފޮތި ލުމަށްފަހު ބޭނުންވާ ކޮންފިގަރޭޝަންތަކެއް ފޯނުގެ އެޕްލިކޭޝަނެއް މެދުވެރިކޮށް ޓޯސްޓަރަށް އެޕްލައި ކޮށްލެވެ އެވެ.

ޓޯސްޓް ތައްޔާރުވުމުން ފޯނަށް ނޮޓިފިކޭޝަން ލިބޭގޮތަށް ފަރުމާކޮށްފައިވާ މި ޓޯސްޓަރުގެ އަގަކީ ހަމަ އެއްމެ 100 ޑޮލަރެވެ. މި ޓޯސްޓަރު ބާޒާރުން ގަންނަން ލިބޭވަރު ވާނީ މި އަހަރުގެ ދެވަނަ ކުއާޓާގައި ކަމުގައި ގްރިފިން އިލެކްޓްރޯނިކްސް އިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް