އައިފޯން 8 ސައިޒުގެ ގޮތުން އައިފޯން 7 އަށްވުރެ ބޮޑުވާނެ !

މި އަހަރު މިހާރު އެއްމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ އެޕަލް އައިފޯނު 8 ގެ ވާހަކަ އެވެ. ފޯނުގެ މޮޅު ވާހަކަ އާއި ޑިޒައިން އަށް ގެންނާނެ ކަމަށް ބެލެވޭ ބައެއް ބަދަލުތަކުގެ ވާހަކަ އެވެ. ހަމަ އެވާހަކަތަކ...

08 Jan 2017 | 02:21

މި އަހަރު މިހާރު އެއްމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ އެޕަލް އައިފޯނު 8 ގެ ވާހަކަ އެވެ. ފޯނުގެ މޮޅު ވާހަކަ އާއި ޑިޒައިން އަށް ގެންނާނެ ކަމަށް ބެލެވޭ ބައެއް ބަދަލުތަކުގެ ވާހަކަ އެވެ. ހަމަ އެވާހަކަތަކުގެ ތެރެއިން މިއީ އަނެއްކާ އަނެއް ވާހަކަ އެވެ.

އެޕަލް އިން މި އަހަރު ބާޒާރަށް ނެރެން ތައްޔާރުވަމުން އަންނަ އައިފޯނު 8، އައިފޯނު 7 އަށްވުރެ ސައިޒުގެ ގޮތުން ބޮޑު ވާނެ ކަމުގައި އެނަލިސްޓުން މިވަނީ ބުނަން ފަށާފަ އެވެ. އެ ފަރާތްތަކުން މިކަމަށް ދައްކާ ޕޮއިންޓަކީ އައިފޯނު 6 އިން ފެށިގެން އެޕަލް އިން އައިފޯނުގެ ސައިޒަށް ގެންނަން ފެށި ބަދަލެވެ. އަދި އެ ބަދަލަށްފަހު އައިފޯނުގެ ވިޔަފާރި އިންތިހާއަށް ރަނގަޅުވެގެން ދިޔަ ދިޔުމެވެ.

އެނަލިސްޓުން ހާމަކޮށްފައިވާގޮތުގައި ތަފާސް ހިސާބުތަކަށް ބަލާއިރު 2014 ގައި އެޕަލްގެ އައިފޯނު 6 ރިލީޒް ކުރުމާއެކު އެ ކުންފުނީގެ ވިޔަފާރި ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ. ތަފާތު ހިސާބުތަކުން ދައްކާގޮތުގައި މިކަމުގެ އަސްލަކީ ފޯނުގެ ސައިޒު ކަމަށްވާއިރު އައިފޯނު 6 ބޭނުންކުރާ މީހުން އައިފޯނު 7އަށް ބަދަލުކޮށްފައިނުވާކަންވެސް ތަފާސް ހިސާބުތަކުން ދައްކާކަމަށް އެނަލިސްޓުން ބުނެއެވެ. ސަބަބެއް ކަމުގައި އެމީހުން ބުނަނީ ޑިސްޕްލޭ ސައިޒު އެއްވަރު ވުމެވެ.

އެހެންކަމުން ތަޖުރިބާގެ އަލީގައި އައިފޯނު 8 ގެ ޑިސްޕްލޭ ބޮޑުކުރުމަކީ އެޕަލް އަށް އެއްމެ ފައިފާ ބޮޑުވާނެ ގޮތް ކަމުގައި އެނަލިސްޓުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް