އިއްޔެރޭ ފްލޮރިޑާ އެއާޕޯޓްގައި ބަޑީގެ ހަމަލާއެއް ދީ ފަސް މީހަކު މަރާލި ހާދިސާގައި ބަޑީގެ ހަމަލާ ދިން މީހަކީ ކުރިން އެމެރިކާ އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ މީހެއް ކަމުގައި އެ ގައުމުން ހާމަކޮށްފި އެވެ.
އެމެރިކާއިން ހާމަކޮށްފައިވާގޮތުގައި އުމުރުން 26 އަހަރުގެ އެސްޓެބަން ސެންޓިއޭގޯ އަކީ އެމެރިކާއިން އިރާގުގައި ހިންގި އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ އަސްކަރީ ވެޓެރަން އެކެވެ. އޭނާ އަކީ ސިކުނޑީގެ މައްސަލައެއް ހުންނަ މީހެއްކަމުގައިވެސް އެމެރިކާއިން ބުނެފައި ވެ އެވެ.
ސެންޓިއާގޯގެ އާއިލާއިން ބުނެފައިވަނީ އިރާގު ހަނގުރާމައިން އެނބުރި އައިއިރު އޭނާއަށް ސިކުނޑީގެ މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށާއި އަދި އެކަމަށް އޭނާ ފަރުވާވެސް ހޯދަމުން އަންނަ ކަމަށެވެ.
ފްލޮރިޑާގެ އެއާޕޯޓްގައި އިއްޔެރޭ ދިން އެ ހަމަލާގައި ފަސް މީހަކު މަރުވެފައިވާއިރު އެތައް ބަޔަކު ޒަހަމްވެފައި ވެ އެވެ. އެ ހަމަލާއާއި ގުޅިގެން ސެންޓިއާގޯ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް