ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަސްޖިދުއް ނަބަވީ ހިމެނޭ ސަރަހައްދުގައި ބޮމެއް ގޮވާލި ހާދިސާގައި އެ ހާދިސާ ރާވާ ހިންގުމުގައި އެއްމެ އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމުގައި ބެލެވުނު މީހަކު ސައުދީ ފުލުހުންގެ ހަމަލާއެއްގައި އިއްޔެ މަރާލައިފި އެވެ.
ސައުދީ ނޫސްތަކުގައިވާގޮތުން އިއްޔެގެ ވަގުތެއްގައި ތަޔޭ ސާލިމް ޔަސްލަމް އަލް ސަޔާރީ(މަސްޖިދުއްނަބަވީ ކައިރީގައި ބޮންގޮއްވުމުގައި އިއްކޮށް ހުރި މީހާ) އާއި އިތުރު މީހަކު ސައުދީ ފުލުހުންގެ ހަމަލާއެއްގައި ވަނީ މަރާލާފަ އެވެ. އަދި މި ދެމީހުން މަރާލާފައިވަނީ ރިޔާދުގެ ދެކުނުން އޮންނަ އަވަށެއްގައި މި ދެމީހުން ހަތިޔާރު އުފުލާކަމުގެ މައުލޫމާތު ލިބިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމުގައިވެސް ސައުދީ ނޫސްތަކުގައި ވެ އެވެ.
މި ހަމަލާއާއި ބެހޭގޮތުން ސައުދީ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މޭޖަރ ޖެނެރަލް މަންސޫރު އަލް ތުރުކީ ވިދާޅުވެފައިވަނީ އެ ދެމީހުން ފުލުހުންނަށް ފިލަން މަސައްކަތް ކުރި ކަމަށާއި އަދި ރައްދުގައި ހަމަލާވެސް ދިން ކަމަށެވެ. އަދި ރައްދުގައި ދިން ހަމަލާގައި ފުލުހުންގެ މީހަކު ޒަހަމްވެފައިވާކަމުގައިވެސް އަލް ތުރުކީ ވިދާޅުވެފައި ވެ އެވެ.
ޖުލައި 2016ގައި މަސްޖިދުއް ނަބަވީ ކައިރީގައި މީހަކު ޖާނުން ފިދާވެ ބޮމެއް ގޮއްވާލައި ދިން އެ ހަމަލާގައި ސައުދީ ސިފައިންގެ ހަތަރު މީހަކު މަރުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް