ސީރިޔާގައި ކާރު ބޮމެއް ގޮއްވާލައި 60 މީހަކު މަރާލައިފި

ސީރިޔާގެ އުތުރުގެ އަވަށެއް ކަމުގައިވާ އަޒާޒްގައި އިއްޔެ ކާރު ބޮމެއް ގޮއްވާލައި 60 މީހަކު މަރާލައި 50 މީހަކު ޒަހަމްކޮށްލައިފި އެވެ. އެ ސަރަހައްދުގެ ކަންކަން މޮނިޓަރ ކުރަމުން އަންނަ ޖަމިއްޔާއެއްކަމުގައި...

08 Jan 2017 | 01:34

ސީރިޔާގެ އުތުރުގެ އަވަށެއް ކަމުގައިވާ އަޒާޒްގައި އިއްޔެ ކާރު ބޮމެއް ގޮއްވާލައި 60 މީހަކު މަރާލައި 50 މީހަކު ޒަހަމްކޮށްލައިފި އެވެ.

އެ ސަރަހައްދުގެ ކަންކަން މޮނިޓަރ ކުރަމުން އަންނަ ޖަމިއްޔާއެއްކަމުގައިވާ ދަ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނެފައިވަނީ މަރުވި މީހުންގެ ތެރޭގައި ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރާ ހަ ހަނގުރާމަވެރިން ހިމެނޭ ކަމަށާއި ނަމަވެސް މަރުވި މީހުންގެ ތެރޭގައި ދެން ހިމެނެނީ އާއްމު ރައްޔިތުން ކަމަށެވެ. މި ހަމަލާ ދީފައިވަނީ ތުރުކީ ބޯޑަރާ މާ ދުރުނޫން ހިސާބެއްގައި ކަމުގައިވެސް އެ ޖަމިއްޔާއިން ބުނެފައި ވެ އެވެ.

އެ ސަރަހައްދަކީ ސަރުކާރާ އެއްކޮޅު ހަނގުރާމަވެރިންގެ ބާރު އޮންނަ ސަރަހައްދެއް ކަމުގައިވާއިރު މި ހަމަލާ ދިންކަމުގެ ތުހުމަތު ކުރެވެނީ އައިއެސްއިން ކަމުގައި ސަރުކާރާ އެއްކޮޅު ހަނގުރާމަވެރިން ބުނެ އެވެ.

ސީރިޔާގެ ދާހިލީ ހަނގުރާމައަށް ފަސް އަހަރުވެފައިވާއިރު މިހާތަނަށް އެ ހަގުރާމައިގެ ސަބަބުން ތިން ލައްކައަށްވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް