މިރޭ ޝޯގައި ބައިވެރިވުމަށް ރާއްޖެ އައި ޕްރިޔަންކާ ދަތުރުކުރި ލޯންޗް ފަރަށް އަރައިފި އެވެ.
https://twitter.com/priyankachopra/status/553197777975382016
ދާދި ދެންމެއަކު ޕްރިޔަންކާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދަތުރު ކުރަމުންދިޔަ ލޯންޗް ފަރަށް އަރާފައިވާކަމަށާއި ކޯސްޓްގާޑު އަންނާނެ އިރަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވީ މާލެއަތޮޅު ފަރަކަށް އެރި ލޯންޗެއްގައި ތިބި 14 މީހުންގެ ތެރެއިން 10 މީހަކު އިތުރު ލޯންޗަކަށް ބަދަލުކޮށްފައިވާކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެހެން ލޯންޗަކަށް އެމީހުން ބަދަލުކުރުމަށްފަހު ދަތުރު އަލުން ވަނީ ފަށާފައެވެ. ނަމަވެސް ޕްރިޔަންކާ ދަތުރުކުރަމުން ދަނީ ކޮން މިސްރާބަކަށް ކަން އެނގިއެއް ނުވެއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ދަތުރުކުރަމުންދަނިކޮށް ފަރަށްއެރި ލޯންޗަކީ ޕްރިޔަންކާ ރާއްޖޭގައި މަޑު ކުރުމަށް ހަމަޖެހިފައިވާ ރިސޯޓްގެ ލޯންޗެކެވެ.
ތަފްސީލް އަންނަނީ ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް