މިދިޔަ އަހަރު ފުލުހުންގެ މުއައްސަސާއިން ހިންގި މުހިންމު އޮޕަރޭޝަންތަކުގެ ތެރެއިން ކާމިޔާބު ނުކުރެވުނު އޮޕަރޭޝަނަކީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމުގެ މަސައްކަތް ކަމަށް ފުލުހުން ބުނެފި އެވެ.
މިދޔަ އަހަރު އެ މުއައްސަސާއިން ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު މީޑިއާއި ހިއްސާ ކުރައްވަމުން ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ ނޫސްވެރިޔާ ރިލްވާން ހޯދުމުގެ މަސައްކަތަކީ ފުލުހުން މިދިޔަ އަހަރު ކުރި މުހިންމު މަސައްކަތެއް ކަމަށެވެ. ސީޕީ ވަހީދު ވިދާޅުވީ ރިލްވާން ގެއްލުނުތާ މާދަމާއަށް 150 ދުވަސްވާ އިރު އަދިވެސް ރޮިލްވާން ހޯދުމުގައި ކުރަމުންދާ މަސައްކަތުގެ ގިޔަރު މަޑު ނުކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ އިރާދަ ކުރެއްވީ ފުލުހުން އެ އޮޕަރޭޝަން ހުއްޓާލާނީ ރިލްވާން ހެޔޮހާލުގައި އާއިލާއާއި ހަމައަށް ގެންގޮސްދިނުމަށް ފަހު ކަމަށެވެ. ސީޕީ ވަނީ ރިލްވާން ހޯދުމުގައި ފުލުހުން ކުރަމުންދާ މަސައްކަތައް އައިލާއާއި އާންމުންގެ ފަރާތުން އެއްބާރުލުންދީ އިތުބާރު ކުރުމަށޤ އެދިވަޑައިގެންފައި އެވެ.
"އަޅުގަނޑުމެން ކޮންމެ ނިންމަން ބޭނުންވި މުހިންމު އޮޕަރޭޝަން ތަކުގެ ތެރެއިން ރިލްވާން ހޯދުމުގެ މަސައްކަތަކީ ކާމިޔާބު ނުވި ކަމެއް. އެކަމަކު އިރާދަ ކުރެއްވިއްޔާ އެކަން ކާމިޔާބު ކުރާނަން،" ސީޕީ ވަހީދު ވިދާޅުވި އެވެ.
ނޫސްވެރިޔާ ރިލްވާން ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް ހުއްޓާނުލާ ކުރަމުންދާ ކަމަށް ވިދާޅުވި ނަމަވެސް މިހާރު އެ މައްސަލައިގެ ތަހުގީގުގައި ކުރަމުންދާ މަސައްކަތާއި ބެހޭ އެއްވެސް މައުލޫމާތެއް ސީޕީ ނުދެއްވައެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރުގެ އޯގަސް މަހުގެ ނނުވަވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލް ތެރެއިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް