ވަގަކަށް ހަމަލާދީ ބޯ ފަޅާލައިފި

ކަޓްއޮފެއް ވަގަށް ނެގި މީހަކަށް ހަމަލާދީ ބޯ ފަޅާލައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފިލިގަސްމަގުގައި ހުންނަ ބާނީ ހޮޓާ ކައިރީގައި ހުރި ތަނަކުން ކަޓްއޮފެއް ވަ...

08 Jan 2015 | 10:11

ކަޓްއޮފެއް ވަގަށް ނެގި މީހަކަށް ހަމަލާދީ ބޯ ފަޅާލައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފިލިގަސްމަގުގައި ހުންނަ ބާނީ ހޮޓާ ކައިރީގައި ހުރި ތަނަކުން ކަޓްއޮފެއް ވަގަށް ނެގި މީހަކަށް ހަމަލާދީ ބޯފަޅާލާފައިވާކަން މެންދުރު 12:25 ހާއިރު ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ސަރަހައްދަށްގޮސް، ފުލުހުންގެ އެހީތެރިކަމާއެކު އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

އަދި ވަގަށްނެގި ކަޓްއޮފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި މި މައްސަލައާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް