މިމަހު ހަ ވަނަ ދުވަހުގެރޭ ގއ. ކޫއްޑޫއަށް މަސްކިރުމަށްފަހު އެނބުރި ގެމަނަފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ގއ.ގެމަނަފުށީގައި ދުއްވާ "ނޫރާނީ 06" ދޯންޏާ ގުޅިފައިވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.
އެމްއެންޑިއެފުން ބުނީ ކޯސްޓްގާޑާއި ދޯނީގެ ވެރިފަރާތް ގުޅިގެން ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ދޯންޏާއި ގުޅިފައި ވަނީ މިއަދު 13:15 ހާއިއިރު ދޯނީގެ ވެރިފަރާތަށް ކަމަށެވެ.
ދޯނީގެ ވެރިފަރާތުން ކޯސްޓްގާޑަށް މަޢުލޫމާތުދޭ ގޮތުގައި ދޯންޏަށް ނުގުޅުނީ މުއާސަލާތީ ގުޅުން ނުލިބޭ ހިސާބެއްގައި މަސްވެރިކަން ކުރަން އުޅުމުގެސަބަބުން ކަމަށާއި 22 މީހުންނާއި އެކު މަސްވެރިކަމަށް ނިކުމެ އުޅުނު މިދޯނި މިހާރު އަންނަނީ ގއ. އަތޮޅަށް ވަނުމަށް ދަތުރުކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ކަންނެލި މަސްވެރި ކަމަށް ނުކުމެ އުޅުނު "ނޫރާނީ 06" ގެ ޚަބަރެއް ނުވެގެން ހޯދަން ފަށާފައިވަނީ، ރޭ 23:50 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މި ދޯނީގެ ވެރިފަރާތުން ކުރި ރިޕޯޓަކާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް