ސޫރިޔާގައި ކުރަމުންދާ ހަނގުރާމައިގާ ބައިވެރިވެ ޖިހާދުވުމަށް ކަމަށް ބުނެ އިމިގްރޭޝަންގެ ދެ އޮފިޝަރަކުވެސް ސޫރިޔާއަށް ގޮސްފައިވާކަމަށްބުނެ ވާހަކަ ދެކެވެން ފަށައިފި އެވެ.
މިވާހަކަ ބައެއް މީޑިއާތަކުން މިއަދު ގެނެސްދީފައިވާއިރު މިކަމާ ގުޅޭގޮތުން ފުލުހުންވެސް އަދި އިމިގްރޭޝަނުންވެސް ބަހެއް ބުނެފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މީހުން ސީރިއާއަށް ގޮސްފައިވަނީ ދާދި ފަހުން އެގައުމަށް ދިޔަ ފަސް މީހުންގެ ގްރޫޕްގައެވެ. އަދި އެމީހުން ދިޔައީ ތުރުކީ މަގުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ސޫރިއާއަށް އެތެރެވި އެ ގްރޫޕްގެ ދެ މީހަކު ދިޔައީ އެމީހުންގެ އަނބިންވެސް ގޮވައިގެންނެވެ. އޭގެ ތެރެއިން އެކަކު ހަނގުރާމައަށް ދިޔައީ އަހަރު ނުވާ ދަރިފުޅުވެސް ގޮވައިގެންނެވެ. ސޫރިޔާއަށް ދިޔަ މީހުންގެ ތެރޭގައި އިމިގްރޭޝަން ދެ އޮފިޝަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިކަމުގެ ތުހުމަތުކުރެވޭ އަޒްލިފް ރައޫފުވެސް ވަނީ ސޫރިޔާއަށް ގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް