ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ދައުވަތަކަށް ދިވެހިރާއްޖެއަށް ދެވޭތީ ހުރީ ވަރަށް އުފަލުން ކަމަށާއި ރާއްޖެއަށް ކުރާ ދަތުރު ވަރަށް މަޖާވާނެ ކަމަށް ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.
ޕްރިޔަންކާ މިހެން ބުނީ ދެންމެ ކުރި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި ބުނެފައިވަނީ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ދައުވަތަކަށް ދިވެހިރާއްޖެއާ ދިމާލަށް ދަތުރު ކުރަމުން އަންނައިރު ވަރަށް އުފާވާ ކަމަށާއި ވަރަށް މަޖާވާނެ ކަމަށެވެ.
https://twitter.com/priyankachopra/status/553116353020698626
ރާއްޖެ އައުމަށް ޕްރިޔަންކާ އޭނާގެ ދަތުރު ފަށާފައިވާއިރު މިރޭ ބާއްވާ ޓުއަރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގައި ބައިވެރިވުމަށް އެމެރިކާ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން ވަނީ ރާއްޖެ އައިސްފައެވެ.
އާ އަހަރާ ދިމާކޮށް މިދިޔަ ބުދަ ދުވަހުގެ ރޭވެސް މިފަދަ ޝޯއެއް ވަނީ ބާއްވާފައެވެ. އެ ޝޯގައި ބައިވެރިވި ފަންނާނުންގެ ތެރޭގައި ބޮލީވުޑްގެ ގިނަ ފިލްމްތަކަކަށް ލަވަކިޔައިދީ އަދި ކޮމްޕޯޒްކޮށްދީފައިވާ ސަލީމް އާއި ސުލައިމާން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް