ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ މަގާމް ހަތަރު ފަހަރަށް ހޯދާފައިވާ ބަރސާގެ ތަރި ލިޔޯ މެސީ ބަރސާގައި މިވަގުތު ހުރީ ހިތްހަމަޖެހިގެން ކަމަށާއި، 2018 ވަނަ އަހަރާއި ހަމައަށް ކުލަބާއެކު ވެފައިވާ އެއްބަސްވުން ހަމަވުމުގެ ކުރިން ކުލަބް ދޫކޮށް ނުލާނެކަމުގެ ޔަގީންކަން ބަރސާގެ ރައީސް ޖޯސެފް މާރިއާ ބާރޓެމިއޫ ދީފިއެވެ.
އިނގެރޭސި ކުލަބް ޗެލްސީއަށް މެސީ ބަދަލުވާން އުޅޭކަމުގެ ވާހަތަށް މީޑިއާގައި ފެންމަތިވެފައިވާއިރު، މިވާހަކަތަކުގެ އަސްލަކަށް ވެފައިވަނީ މެސީ އަދި އޭނާގެ ލޯބިވެރިޔާ ރޮކޫޒާ އިންސްޓާ ގްރާމުން ޗެލްސީ ފޮލޯ ކުރުމާއި ގުޅިގެންނެވެ.
ބަރސާގެ ރައީސް އިތުރަށް ބުނެފައިވަނީ މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަށް ކަންބޮޑު ނުވުމަށެވެ. މެސީއަކީ ޓީމުގެ ތަނބުކަމަށާއި މެސީއަށް އެކަން އެނގޭ ކަމަށެވެ. އަދި ބަރސާއިން މެސީ ވިއްކާ ނުލާނެކަމަށާއި، މެސީއަކީ ދުނިޔޭގަ އަދިވެސް ހުރި އެންމެ މޮޅު ކުޅުންތެރިޔާކަމަށް ބަރސާގެ ރައީސް ބުނެފައިވެއެވެ.
އެންމެފަހުން ބަރސާ ރިއާލް ސޮސިއެދާއާއި ކުޅުނު މެޗުން ބަލިވިއިރު މެސީ މެޗުގެ ފުރަތަމަ 11 އިން ނުފެނުމުން ގިނަބައެއްގެ ފާޑުކިއުން އަމާޒުވީ ބަރސާގެ ކޯޗު ލުއިސް އެންރިކޭއަށެވެ. މިކަމާއި ގުޅިގެން ބަރސާގެ ރައީސް ބުނެފައިވަނީ ކޯޗާމެސު ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ. އަދި އެންރިކޭއަށް އޭނާގެ ޕްރޮޖެކްޓާއިއެކު ކުރިއަށް ދިއުމަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށްވެސް ބަރސާގެ ރައީސް އިތުރަށް ބުންޏެވެ.
ސްޕެނިޝް ކުލަބް ބަރސެލޯނާގެ އެތެރޭގައި ހަމަނުޖެހުންތަކެއް އުފެދިފައިވާރު މިކަމަށް ހައްލެއް ގެނައުމުގެ މަސައްކަތްތަށްވެސް ހިނގަމުންދާކަމަށް ބަރސާގެ ރައީސް ބާރޓެމިއޫ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް