ކޮޕާ ޑެލްރޭ: އެތްލެޓިކޯ މެޑްރިޑުން ރިއާލްގެ މައްޗަށް ކުރިހޯދައިފި

ސްޕެނިޝް ކޮޕާ ޑެލްރޭގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރޭ އެތްލެޓިކޯ މެޑްރިޑުން ވާދަވެރި ރިއާލް މެޑްރިޑްގެ މައްޗަށް ކުރިހޯދައިފިއެވެ. ވިސެންޓޭ ކެލްޑެރޯންގައި ކުޅުނު މެޗު އެތްލެޓިކޯއިން ކާމިޔާބުކުރީ 2-0 ގެ...

08 Jan 2015 | 05:39

ސްޕެނިޝް ކޮޕާ ޑެލްރޭގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރޭ އެތްލެޓިކޯ މެޑްރިޑުން ވާދަވެރި ރިއާލް މެޑްރިޑްގެ މައްޗަށް ކުރިހޯދައިފިއެވެ.

ވިސެންޓޭ ކެލްޑެރޯންގައި ކުޅުނު މެޗު އެތްލެޓިކޯއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިމެޗުގެ ދެވަނަ ލެގު ބަރނަބޭއޫގައި ކުޅުމަށް ހަމަޖެހިފައިވަނީ 15 ޖެނުއަރީވާ ބުރާސްފަތި ދުވަހުގައެވެ.

ގިނަ އަހަރުތަކަކަށްފަހު ފެނާންޑޯ ޓޮރޭސް އޭނާގެ ކުލަބް ފުޓުބޯޅަ ފެށިގެންދިޔަ ކުލަބްކަމަށްވާ އެތްލެޓިކޯ މެޑްރިޑާއި ވޭތުވެދިޔަ ހަފްތާގައި ގުޅިފައިވާއިރު މިމެޗުގެ ފުރަތަމަ 11 އިން ޓޮރޭސް ފެނިގެން ގޮސްފައިވެއެވެ.

މެޗުގައި ދެޓީމުންވެސް ދާދި ހަމަހަމަ ކުޅުމެއްކުޅުނު ނަމަވެސް އެއްވެސް ޓީމަކަށް އިދިކޮޅު ގޯލައަށް މާގިނަ ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ގޯލް 58 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކޮށްދިނީ ރައުލް ގާސިޔާއެވެ.

އަދި މެޗުގެ ނަތީޖާ އިތުރަށް ފުޅާކޮށްދިނީ ކޯނަރަކުން ޑިފެންޑަރ ގިމަނޭޒްއެވެ.

ރިއާލް އަދި އެތްލެޓިކޯ ބައްދަލުކުރާ ދެ ލެގުން މޯލުވާޓީމެއް މުބާރާތުގެ ކުއަރޓާފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ބަރސާ ނުވަތަ އެލްޗީއާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް