ކަފާލާތުގެ ގޮތުގައި ނައިކް ބޫޓެއް ބަހައްޓާފައި މީހަކު ދޫކޮށްލައިފި

އެމެރިކާގެ ކޯޓެއްގައި ކަފާލާތުގެ ގޮތުގައި ނައިކް ބޫޓެއް ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލައިފި އެވެ. ބީބީސީގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިހުރި ޖޭސަ...

08 Jan 2015 | 05:27

އެމެރިކާގެ ކޯޓެއްގައި ކަފާލާތުގެ ގޮތުގައި ނައިކް ބޫޓެއް ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން މީހަކު ދޫކޮށްލައިފި އެވެ.

ބީބީސީގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިހުރި ޖޭސަން ޑުވަލް ކިޔާ މީހަކު ކަފާލާތުގެ ގޮތުގައި ބޫޓެއް ބަހައްޓާފައި މިނިވަންކުރީ އޭނާގެ އަތުގައި ކަފާލާތުގެ ގޮތުގައި ދައްކާނެ 450 ޑޮލަރު ނެތުމުން ކަމަށެވެ.

ޑުވަލްގެ ދިފާއީ ވަކީލު ބުނެފައިވަނީ ޑުވަލްގެ އަތުގައި ކޯޓަށް ދައްކާނެ ފައިސާ ނެތްވާހަކަ ފަނޑިޔާރު ގާތު ބުނުމުން މޮޅު ހިޔާލަކާއެކު ކޯޓަށް ހުށަހެޅުމަށް އެދުނު ކަމަށެވެ. އަދި ކޯޓަށް ހުށަހެޅި ބޫޓަކީ ޑުވަލް އަށް ކްރިސްމަސް ހަދިޔާއެއްގެ ގޮތުގައި ލިބުނު ބޫޓެއް ކަމަށް ބުނުމުން ކޯޓުގައި ބޫޓު ބަހައްޓާފައި ކަފާލާތުގެ އުސޫލުގެ ދަށުން ޑުވަލް ދޫކޮށްލަން ފަނޑިޔާރު ނިންމީކަމަށް ޑުވަލްގެ ދިފާއީ ވަކީލު ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް