މިރޭގެ ޝޯގައި ބައިވެރިވުމަށް އޭކަން ރާއްޖެ އަތުވެއްޖެ

ގަލޮޅު ދަނޑުގައި މިރޭ ބާއްވާ މިއުޒިކް ޝޯގައި ބައިވެރިވުމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ. އޭކަން ރާއްޖެ އައުމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އޭކަނ...

08 Jan 2015 | 03:06

ގަލޮޅު ދަނޑުގައި މިރޭ ބާއްވާ މިއުޒިކް ޝޯގައި ބައިވެރިވުމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އޭކަން ރާއްޖެ އައުމުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އޭކަން އަށް މަރުހަބާ ދެންނެވީ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.

މިރޭގެ ޝޯގައި ބައިވެރިވުމަށް އޭކަން ރާއްޖެ އައިސްފައިވާއިރު އިންޑިއާގެ މަޝްހޫރު ބަތަލާ އަދި ލަވަކިޔުންތެރިޔާ ޕްރިޔަންކާ ޗޯޕްރާވެސް މިއަދުގެ ވަގުތެއްގައި ރާއްޖެ އަންނާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އާ އަހަރާ މިދިޔަ ބުދަ ދުވަހުގެ ރޭވެސް މިފަދަ ޝޯއެއް ބާއްވާފައިވާއިރު އެ ޝޯގައި ބައިވެރިވި ފަންނާނުންގެ ތެރޭގައި ބޮލީވުޑްގެ ގިނަ ފިލްމްތަކަކަށް ލަވަކިޔައިދީ އަދި ކޮމްޕޯޒްކޮށްދީފައިވާ ސަލީމް އާއި ސުލައިމާން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް