މާދަމާގެ ހާލަތު ރަނގަޅުކުރެވޭނީ މިއަދުގެ ހާލަތު އެނގިގެން ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައިވެސް ހުންނެވި ޝައިޚް އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ އެކަންވާނީ މިއަދުގެ ހާލަތު ރަނގަޅަށް އެނގި ވަޒަންކުރެވިގެން ކަމަށެވެ.
މިނިސްޓަރުގެ މި ބަސްކޮޅު މި އަމާޒުކުރަނީ ކޮން ކަމަކަށް ކަމެއް ސާފެއް ނޫނެވެ. ނަމަވެސް މިހާރު ނޫހުން ހަފްތާ ބަންދާއި ދިމާކޮށް ކިޔުންތެރިންނަށް ދޫކޮށްލާފައިވާ "މެދު ސަފްހާ" ގައި " ހަށިވިއްކުން: ބިރެއް، އިމެއް ނެތި ފާޅުގައި" މި ބޮޑު މައުލޫއަށް ބަލާލާފައިވާއިރު ހާއްސަގޮތެއްގައި އެ ސަފްހާގެ އާޓިކަލްތަކުގެ ތެރެއިން " ޖިންސީ ވިޔަފާރިއަށް ރުހި، ލޯ މަރައިގެން!" މި ސުރުހީގެ ދަށުން ލިޔެފައިވާ ލިޔުމުގައި ހޯމް މިނިސްޓަރު އިމްރާނަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
https://twitter.com/ShimranAb/status/1573194835468877824
މިފަދަ ނޭއްގާނީ އަމަލުތައް ހުއްޓުވަން ކުރިން އަދާލަތު ޕާޓީ އާއި ޝައިޚް އިމްރާން ފާޅުކަންބޮޑުގޮތެއްގައި ކުރިން އުޅުނު ނަމަވެސް ސަރުކާރުގައި އަދާލަތުގެ ބާރު އޮވެމެ، މިހާރު މިކަން ހުއްޓުވަން ކަމެއް ނުކުރާކަން ފާހަގަކޮށްފައިވެއެވެ. އަދި މި މައުލޫއަށް ފާޅުގައި އިންޓަވިއުއެއްދޭންވެސް ޝައިޚް އިމްރާނަށް ނުކެރުނުކަން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ބެލެވޭގޮތުގައި ޝައިޚް އިމްރާންގެ ޓްވީޓް މި ގުޅެނީ މިކަމާއި ކަމަށް ބެލެވެއެވެ. ހަށިވިއްކުން ހައްދުފަހަނައަޅާފައި އޮތްކަން މިހާރު ނޫހުގެ މެދުސަފްހާގައި އެހާ ތަފްސީލުކޮށް ގެނެސްދިނުމުގެ ކުރިއަށް މިކަމުގެ ހާލަތު މިނިސްޓަރަށް ނޭނގުނީކަމާއި އަދި މިހާރު އެނގި ވަޒަންވީކަމުގައި މިނިސްޓަރުގެ ޓްވީޓުން ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް