ބިގް ގޭމް މޯލްޑިވްސް އިން އޮފީސް އަދި ކުންފުނިތަކަށް ހާއްސަކޮށްގެން ‘އޮފީސް ލީގު’ ފުޓުސަލް މުބާރާތެއް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.
ބިގް ގޭމް މޯލްޑިވްސްއަކީ، ޒަމާންތަކެއް ވަންދެން ރިސޯޓު ލީގު އިންތިޒާމުކުރަމުން އައި ބަޔެކެވެ. ބިގް ގޭމްސްއިންވަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ވޭތިވެދިޔަ 10-12 އަހަރުގެ ތެރޭގައި 50 އަކަށް މުބާރާތް ބާއްވާފައެވެ. މި ތަޖުރިބާގެ އަލީގައި ބިގް ގޭމްސްއިން އަންނަނީ އަންނަ އަހަރު، އޮފީސްތަކަށް ހާއްސަ މުބާރާތެއް މާލެ އަދި ހުޅުމާލޭގައި ބާއްވަން ތައްޔާރުވަމުންނެވެ.
ސަރުކާރުގެ އިދާރާތައް އަދި ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ ‘އޮފީސް ލީގު’ ގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ހަމަ އެކަނި އޮފީސް ކުންފުނިތަކުގެ މުވައްޒަފުންނަށް އެކަންޏެވެ.
ޖުމުލަ32 ޓީމު ވާދަކުރާ މި ލީގު މުބާރާތުގައި ކުޅޭނީ63 މެޗެވެ.
އޮފީސް ކުންފުނިތަކަށް އަމާޒުކޮށް މުޅިން އާ މުބާރާތެއް ބާއްވަން ތައްޔާރުވަމުން އަންނައިރު، ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު ފުޓްސަލް މުބާރާތަކީވެސް އޮފީސްތަކަށް ހާއްސަ މުބާރާތެކެވެ. އެއީ ކްލަބު މޯލްޑިވްސް ކަޕެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް