އެއާ އިންޑިއާ އިން މުމްބާއި އަދި ދިއްލީ އިން ރާއްޖެއަށް ކޮންމެ ދުވަހަކު އުދުހޭނެ - އިންޑިއާ ފަތުރުވެރިން އިތުުރުވާނެ

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން ވެރިރަށް ދިއްލީ އަދި މުމްބާއީއިން ކޮންމެ ދުވަހު ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފަަށައިފި އެވެ. ދިއްލީން މާލެއަށް ފްލައިޓް ފުރާނީ ކޮންމެ ދުވަހަކު ހެނދު...

07 Dec 2024 | 10:57

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން ވެރިރަށް ދިއްލީ އަދި މުމްބާއީއިން ކޮންމެ ދުވަހު ދިވެހިރާއްޖެއަށް ސީދާ ދަތުރުތައް ފަަށައިފި އެވެ.

ދިއްލީން މާލެއަށް ފްލައިޓް ފުރާނީ ކޮންމެ ދުވަހަކު ހެނދުނު އިންޑިއާ ގަޑިން 10:15 ގަ އެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޖައްސާނީ ރާއްޖެ ގަޑިން މެންދުރުފަހު ފަހު 1:50 ގަ އެވެ.

އަދި މާލެއިން ދިއްލީއަށް ދަތުރުކުރާ އެއާ އިންޑިއާގެ ފްލައިޓް ފުރާނީ ކޮންމެ ދުވަހަކު މެންދުރުފަހު ރާއްޖެ ގަޑިން 2:50 ގަ އެވެ. އެ ފްލައިޓް އިންދިރާ ގާންދީ އިންޓަނޭޝަން އެއާޕޯޓުގައި ޖައްސާނީ އިންޑިއާ ގަޑިން ރޭގަނޑު 7:25 ގަ އެވެ.

މުމްބާއީއިން ރާއްޖެ އަންނަ ފްލައިޓް ފުރަނީ އިންޑިއާ ގަޑިން ހެނދުނު 9:30 ގަ އެވެ. އެ ފްލައިޓް ވީއައިއޭގައި ޖައްސާނީ ރާއްޖެ ގަޑިން ހެނދުނު 11:50 ގަ އެވެ. އަދި މާލެއިން މުމްބާއީއަށް ފްލައިޓު ފުރާނީ ރާއްޖެ ގަޑިން މެންދުރު 12:50 ގަ އެވެ. އެ ފްލައިޓް މުމްބާއީ އެއާޕޯޓުގައި ޖައްސާނީ އިންޑިއާ ގަޑިން ހަވީރު 4:05 ގަ އެވެ.

އިންޑިއާގެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު މިދިޔަ އޮކްޓޯބަރުގެ ނިޔަލަށް އެ ގައުމުން 101,179 ފަތުރުވެރިއަކު ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އަދި ބޭސްފަރުވާގެ ކަންކަމަށް ދިއްލީ އަދި މުމްބާއިއަށް ވެސް ދިވެހިން ދަތުރުކޮށް އުޅެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް