މުސާރަ ނުދޭކަމަށްބުނެ މުލިއާގެ ސަރަހައްދުގައި އިހްތިޖާޖުކުރި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މުސާރަ ނުދޭކަމަށްބުނެ މުލިއާގެ ސަރަހައްދުގައި އިހްތިޖާޖުކުރި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މުސާރަ ނުދޭކަމަށްބުނެ ބިދ...

07 Dec 2024 | 08:53

މުސާރަ ނުދޭކަމަށްބުނެ މުލިއާގެ ސަރަހައްދުގައި އިހްތިޖާޖުކުރި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މުސާރަ ނުދޭކަމަށްބުނެ ބިދޭސީންތަކެއް މުލިއާގެ އާ ހިސާބުގައި ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާ މައްސަލައާ ގުޅިގެން ފުލުހުން އެޓެންޑްވިކަމަށެވެ.

އެމީހުން މިހާރުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާއި އެއީ އިންޑިއާގެ 38 މީހަކާއި ބަންގްލަދޭޝްގެ 17 މީހެއްކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ބިދޭސީން ނިސްބަތްވަނީ ކޮން ކުންފުންޏަކަށްކަން ސާފެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް