ދާންދޫ މަގުމަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މިއަދު ހެނދުނު ގއ. ދާންދޫ މަގުމަތީގައި މަރުވެފައި އޮތް މީހަކު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. މަރުވެފައިވަނީ ގއ. ދާންދޫ، ނަގަހެލަ، އުމުރުން 33 އަހަރުގެ އަހްމަދު އަބްދުﷲ އެވެ. މީޑިއާތަކަށް މައުލޫ...

07 Dec 2024 | 08:08

މިއަދު ހެނދުނު ގއ. ދާންދޫ މަގުމަތީގައި މަރުވެފައި އޮތް މީހަކު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މަރުވެފައިވަނީ ގއ. ދާންދޫ، ނަގަހެލަ، އުމުރުން 33 އަހަރުގެ އަހްމަދު އަބްދުﷲ އެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު ހެނދުނު 08:00 ހާއިރު ފެނަކަ ދާންދޫ ބްރާންޗް ހުޅަނގު ފަރާތު މަގުމައްޗަށް މިހަކު ވެއްޓިފައި އޮތް ކަމަށްބުނާ މައްސަލައެއް ރިޕޯޓުކުރިކަމަށެވެ.

ވެއްޓިފައި އޮއްވާ ފެނިފައިވާ މީހާ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ފުރާނަ ނެތްކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް