އާޓިފިޝަލް ބީޗުގައި ބިދޭސީންގެ ބޮޑު މާރާމާރީއެއް، އިމިގްރޭޝަނުން ބުނީ ފިޔަވަޅު އަޅާނެކަމަށް

ހުކުރު ދުވަހު އިރުއޮއްސުނު ވަގުތު މާލޭ އާޓިފިޝަލް ބީޗުގައި ހިންގި މާރާމާރީގައި ޝާމިލުވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ. އެ މާރާމ...

07 Dec 2024 | 02:48

ހުކުރު ދުވަހު އިރުއޮއްސުނު ވަގުތު މާލޭ އާޓިފިޝަލް ބީޗުގައި ހިންގި މާރާމާރީގައި ޝާމިލުވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.

އެ މާރާމާރީއާ ގުޅިގެން ފުލުހުން ބުނީ، ހުކުރު ދުވަހުގެ އިރު އޮއްސި 18:22 ހާއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ބަޔަކު މާރާމަރީ ހިންގި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް މިކަމުގައި މީހަކު ހައްޔަރުކޮށްފައިނުވާއިރު، މި މާރާމާރީއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރ ޝަމްއާން ވިދާޅުވީ، އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގައި، އާންމު މަސްލަތު ނަގައިލުމުގައި ބައިވެރިވެފައިވާ ބިދޭސީންތަކެއްގެ މައްސަލަ އިމިގްރޭޝަންގެ ޓާސްކްފޯހުން ބަލަމުން އަންނަ ކަމަށެވެ.

އެ ކަމުގައި ޝާމިލުވާ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ވެސް ޝަމްއާން ވަނީ ދެއްވައިފައެވެ.

އެ މާރާމާރީއާ ގުޅުން ހުރި ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަނީ ދައުރުވެފައެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، މީހުންތަކެއް އެއްވެ އަޑުގަދަކުރެއެވެ. އަދި، އެކަން ހުއްޓުވަން އެހެން ބަޔަކު މަސައްކަތް ކުރާ ތަނާއި އެވަގުތު އެ ސަރަހައްދުގައި ގިނަ އަދަދަކަށް މީހުން ހަރަކާތްތެރިވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް